ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަމާނުﷲ ބަދަލު ކުރުމަކީ ސަރުކާރުން ދިން އަނިޔާއެއް: ފައްޔާޒު
ޚަބަރު

އަމާނުﷲ ބަދަލު ކުރުމަކީ ސަރުކާރުން ދިން އަނިޔާއެއް: ފައްޔާޒު

ހިރި ނިއުސްހިރި ނިއުސް3 ޑިސެމްބަރު 2025
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ، ސްކޫލުގައި އެރަށު ދޮންބަގީޗާގޭ، އަމާނުﷲ އަދާކުރަމުން ދިޔަ ވަޒީފާ އެއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލު ކުރުމަކީ ސަރުކާރުން އޭނާއަށް ދިން އަނިޔާއެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. "ގއ. ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރުމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް. އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއްއް،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ "ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ،" ކަމަށެވެ.  މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު