ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކަފިހިހުރަހާއި ގޯޅިކަންމަތީ ޕާކުނުކުރަން ފުލުހުން އިލްތިމާސްކޮށްފި
ޚަބަރު

ކަފިހިހުރަހާއި ގޯޅިކަންމަތީ ޕާކުނުކުރަން ފުލުހުން އިލްތިމާސްކޮށްފި

މމުޙައްމަދު ގުރައިޝް އަޙްމަދު4 ޑިސެމްބަރު 2025
މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ދަތިވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ހާއްސަ މަސައްކަތެއް ފުލުހުން ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދަނީ ކަފިހިހުރަސްތަކާއި، މަގުމަތީގައި ލައިން ދަމާފައިވާ ސަރަހައްދުތަކުގެ އިތުރުން ގޯޅިކަންމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ. މިފަދަ ތަންތަނުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫވެ، ޓްރެފިކް ތޮއްޖެހުމަށް މެދުވެރިވާކަން ފުލުހުން ފާހަގަކުރެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ޕާކުނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އޭގެ ބަދަލުގައި ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޒޯންތަކުގައި އުޅަނދުތައް ޕާކުކުރުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ޚަބަރު