ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ބޭނުންވަނީ ސަރުކާރު ނީސްތައްޓަށް އަރުވާލާނޭ މޭޔަރެއް: ފައްޔާޒު
ޚަބަރު

ބޭނުންވަނީ ސަރުކާރު ނީސްތައްޓަށް އަރުވާލާނޭ މޭޔަރެއް: ފައްޔާޒު

މމުހައްމަދު އަލީ6 ޑިސެމްބަރު 2025
މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތައްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމްޑީޕީން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަމުންދާ ދެ ކެންޑީޑޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ ކުރީގެ މަޖިލިސް މެންބަރު އަލީ ޢާޒިމް ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވީ "ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު އަދާކުރަން ޖެހެނީ ބޮޑު ޒިންމާއެއް،" ކަމަށެވެ. އަދި މި "ސަރުކާރުން ތަންފީޒުކުރާ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާނެ މޭޔަރެއް ހުރުން ނުހަނު މުހިންމު،" ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޢާޒިމްގެ އިތުރުން އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ މިހާރު އެމަގާމުގައި ހުންނެވި އާދަމް ޢާޒިމެވެ.  

ގުޅުންހުރި ޚަބަރު