ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޔުނިފޯމް ބަދަލުކުރާ ގޮތަށް އުސޫލު ބަދަލުކުރާތީ ޝާހިދު ފާޑު ވިދާޅުވެއްޖެ
ޚަބަރު

ޔުނިފޯމް ބަދަލުކުރާ ގޮތަށް އުސޫލު ބަދަލުކުރާތީ ޝާހިދު ފާޑު ވިދާޅުވެއްޖެ

މމުހައްމަދު އަލީ7 ޑިސެމްބަރު 2025
ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރު ޚަރަދުތަކެއްކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުޞޫލު އެކުލަވާލުމުން ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރަމެވެ. މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީ ޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށްވަނީ އުފެދިފައެވެ." ޝާހިދު ވިދާޅުވެފައިވަނީ މިކަމާގުޅިގެން މިނިސްޓްރީގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން "މިކަމުގައި ސާފު މަޤުޞަދެއް އޮތްކަމަށް ޤަބޫލުކުރަން ދައްޗެވެ." މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މަޢުލޫމާތު ފޮރުވުމެއް ނެތި ޢާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް ޝާހިދު ވަނީ ގޮވައިލައްވާފައެވެ.

ގުޅުންހުރި ޚަބަރު