ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
މީހެއްގެ ވައިބަރ ހެކްކޮށް ނުހައްގު ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި
ޚަބަރު

މީހެއްގެ ވައިބަރ ހެކްކޮށް ނުހައްގު ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ7 ޑިސެމްބަރު 2025
މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި މީހުންނާ އެކިފަހަރުމަތިން ވާހަކަ ދައްކައި މަކަރާއި ހީލަތުން 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދައިފައިވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ވަނީ އެ ފައިސާގެ ތެރެއިން ބައެއް ނާގާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ. މި މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ގައެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 4 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. "މިމައްސަލައިގެ ތަހުގީގަށް އެނިފައިވާގޮތުގައި މިމީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައެވެ." މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.  މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު