ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މާލޭ ދެގެއަކުން ވޭޕާއި ވޭޕް ކާޓްރިޖު ތަކެއް ހޯދައިފި
ޚަބަރު

މާލޭ ދެގެއަކުން ވޭޕާއި ވޭޕް ކާޓްރިޖު ތަކެއް ހޯދައިފި

މމުހައްމަދު އަލީ7 ޑިސެމްބަރު 2025
ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފިއެވެ. މި ބެލިބެލުމުގައި ވަނީ ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ކާޓްރިޖްތަކެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައިފާސްކުރި ކުރުމުގައި އެއްގެއަކުން ވަނީ 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސިބަލް ޕޮޑެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެދެގެއިން ޖުމްލަ 544 އައިޓަމެއް ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ވެސް ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ގުޅުންހުރި ޚަބަރު