ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މޭޔަރު އާޒިމްގެ ވާހަކައަށް އެމްޑީޕީގެ "މަންމަ" މާރީޔާ ގަޔާނުވި
ޚަބަރު

މޭޔަރު އާޒިމްގެ ވާހަކައަށް އެމްޑީޕީގެ "މަންމަ" މާރީޔާ ގަޔާނުވި

މމުހައްމަދު އަލީ9 ޑިސެމްބަރު 2025
މޭޔަރު އާޒިމްގެ ވާހަކަތަކުގެ ސަބަބުން މާރީޔާގެ ޖަޒުބާތު ކޮންޓްރޯލް ނުވެ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި އެމްޑީޕީގެ "މަންމަ" މާރިޔާ އަޙުމަދު ދީދީގެ ޖަޒުބާތު ކޮންޓްރޯލް ނުވެ ބޭރުވީ މާލޭސިޓީގެ މޭޔަރު އާދަމް އާޒިން އެމްޑީޕީގެ މެންބަރުންނަށް ކުޑައިމީސް ބަހެއް ވިދާޅުވުމުން ކަމަށް މާރިޔާގެ ވާހަކަތަކުން އެނގެއެވެ. މާރިޔާ ހިތްހަމަ ނުޖެހުނީ އެމްޑީޕީގެ މެންބަރުންނަށް ނިސްބަތްކޮށް "ރަޖާލައި، ހުންއައިސް، ފިލާތިއްބާ" ފަދަ ބަސްތައް ބޭނުން ކުރެއްވުމުންނެވެ. މާރިޔާ ވިދާޅުވެފައިވަނީ އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ 2023 ގެ އިންތިޚާބުން ބަލިވުމާ ގުޅިގެން ހުންއައިސް ރަޖާލައިގެން ތިބި ފިނޑިބައެއް ކަމާއި، އެ ހާލަތުގައި އެމްޑީޕީ ކޮޅަށް ޖެއްސެވީ އާދަމް އާޒިމް ކަމަށް އެމްޑީޕީގެ ހަރުގޭގައި އާޒިމް ވާހަކަ ދެއްކެވުމުން މާރިޔާއަށް ކެތްނުކުރެވުނީއެވެ. މާރިޔާ ވިދާޅުވެފައިވަނީ 7 ފެބުރުއަރީ 2012 ގައި އެމްޑީޕީ ސަރުކާރަށް އިސްތިއުފާ ދިނުންނޫން އެހެން އެއްވެސް ގޮތެއް ނެތްކަމަށް ބުނެ އެމްޑީޕީ ވެރިކަމުން ވަކިކުރީމާ "ޖަހާނޭ ބަޑިއެއް ބިޑިއެއް ވޯޓަރގަން އެއް މުގުރެއް ޕެޕަރސްޕްރޭ، ހުކުމަކަށް ޖެހިލުމެއްނެތި ނުކުތީ އެމްޑީޕީގެ ރަންރީނދޫ ލަޝްކަރު" ކަމަށެވެ. މީގެ އިތުރުން 2013 ގެ ޕީޕީއެމްގެ ވެރިކަމުގައި ގިނަސިޔާސީ ފަރާތްތަކެއް ޖަލަށްލުމުން ދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެނަސް "ޖަލުގެ ގޮޅިއަކަށް، ޕެޕަރސްޕްރޭއަކަށް، މުގުރަކަށް، ޖަހާނޭ ހުކުމަކަށް ފަހަތަށް ނުޖެހި އިހުތިޖާޖަށް ނުކުތީވެސް އެމްޑީޕީގެ ރީނދޫ ލަޝްކަރު،" މާރިޔާ ވިދާޅުވެފައިވެއެވެ. "އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން އެމްޑީޕީގެ ހިތްވަރުގަދަ ރީނދޫ ލަޝްކަރަށް މިހައި ކުޑައި މީސްކޮށް ދެކިވަޑައިގެން އެމްޑީޕީގެ ހުރިހާވެސް ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ މި މޭރުމުން ދެއްކެވި ވާހަކަތަކަކީ "އެމްޑީޕީގެ މަންމަ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން" އަދި އެ ނޫންވެސް އެތައް ހައިސިއްޔަތަކުން" ބަލައި ނުގަނެވޭނޭ ކަމަށް ވިދާޅުވެފައިވެއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރީނދޫ ލަޝްކަރަށް ނިސްބަތް ކުރައްވައި ރަޖާލައި ހުންއައިސް ފިލާތިއްބާ ނެރުނީ ތިމާކަމަށް ވިދާޅުވެ އެދެއްކެވި ވާހަކަފުޅަށް މަނިކުފާނު އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ ބޮޑުވާނެ އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަކިފަރުދަކަށްވުރެ. އަދި އެކަން ދަނީ އެމްޑީޕީގެ ރީނދޫ ލަޝްކަރު ކޮންމެ ދުވަހަކުމެ ސާބިތުކޮށް ދެމުން،" މާރިޔާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު