ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވިލިމާލެ ޕޮލިހުގައިހުރި ސިގިރެޓް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި
ޚަބަރު

ވިލިމާލެ ޕޮލިހުގައިހުރި ސިގިރެޓް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ9 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ. އެއީ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި ފުލުހެއް ކަމަށް ޕޮލިސް މީޑިއާއިން މައުލޫމާތު ދެއްވާފައިވެއެވެ. އޭނާއަކީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަމެވެ. އޭނާގެ އުމުރަކީ ނަވަތިރީސް އަހަރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.މައްސަލައާ ގުޅިގެން އޭނާވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު