ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ބިދޭސީއަކު ހައްޔަރުކޮށް، ތިން ބިދޭސީއަކަށް ނޯޓިސް ދީފި
News

ބިދޭސީއަކު ހައްޔަރުކޮށް، ތިން ބިދޭސީއަކަށް ނޯޓިސް ދީފި

މމުހައްމަދު އަލީDec 9, 2025
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށް އިތުރު ތިން ބިދޭސިއަކަށް ނޯޓިސް ދީފިއެވެ. ތިން ބިދޭސީއަކަށް ނޯޓިސްދީ އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ވަނީ 4 ތަނެއްބަލައި ފާސްކޮށްފައެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު ހުޅުވާލައިފައެވެ. އެ ވުޒާރާއިން ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންދަނީ އެމީހުންނަށް މަނާކޮށްފައިވާ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުން ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.  

Related News