ރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޙަސަން ލަޠީފު މޫސާ ޢަދާލަތު ޕާޓީ (އޭޕީ) އިން ވަކިވެ ވަޑައިގެންފިއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޝައިޚް ވިދާޅުވެފައިވަނީ އެޕާޓީން ވަކިވެ ވަޑައިގެންނެވީ ރާއްޖޭގެ ސިޔާސީ މަސްރަޙު ހުރިގޮތުންނާއި އޭޕީގެ އެތެރޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ނިހާތަށް ކަންބޮޑުވެ ވަޑައިގަންނަވާތީ ކަމަށެވެ. "ރާއްޖޭގެ ސިޔާސި މަސްރަޙު ހުރި ގޮތުންނާއި ޢަދާލަތު ޕާޓީގެ އެތެރޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާމެދު ނިހާޔަތަށް ކަން ބޮޑުވާތީ ރޭގެ ވަގުތެއްގައި އަޅުގަނޑު ޕާޓީން ވަކިވެއްޖައިން،" ޝައިޚް ވިދާޅުވެފައިވެއެވެ.
އޭޕީން މިހާރުވަނީ ރާއްޖޭގައި މިހާރުއޮތް ޕީއެންސީ ސަރުކާރަށް ތާއިދުކޮށް އެޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އެޕާޓީން ވަނީ ނިންމައިފައެވެ.
ޝައިޚް ޙަސަލް ލަޠީފުގެ އިތުރުން ކުރީގެ ސްޓޭޓު މިނިސްޓަރ ޢަލީ ނަޒީރުވެސް ވަނީ ޢަދާލަތު ޕާޓީން ވަކިވެ ވަޑައިގެންފައެވެ. އޭޕީން ވަކިވީ އެޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނެވުމަކީ ޚިޔާނާތެއް ކަމަށް ވިދާޅުވަމުންނެވެ. ނަޒީރުވެސް އޭޕީން ވަކިވެ ވަޑައިގެންނެވީ އެޕާޓީން ޕީއެންސީއާ ގުޅުނު ހިސާބުންނެވެ. ނަޒީރަކީ އީގަލްހިލްސްއަށް ރަސްމާލެ ދިނުމާ އިންތިހާއަށް ދެކޮޅު ބޭފުޅެކެވެ.





