ދިވެހި|English Nov 20, 2026 · 02:06
Top banner
Advertisement
ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ޕާކިސްތާނުގެ ވަޒީރުންނާއެކު މަޝްވަރާ ކޮށްފި
News

ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ޕާކިސްތާނުގެ ވަޒީރުންނާއެކު މަޝްވަރާ ކޮށްފި

ހިރި ނިއުސްހިރި ނިއުސްNov 19, 2026

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، ޕާކިސްތާނުގެ ފެޑަރަލް މިނިސްޓަރ ފޯ ކޮމާސް ޖާމް ކަމާލް ޚާނާއި ފެޑަރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއާ ބައްދަލުކުރައްވައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމާއި، އެމްޕީއެލް ގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން މުޙައްމަދު ޝަފީޤު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Related News