ދިވެހި|English Nov 18, 2026 · 16:54
Top banner
Advertisement
ސަރުކާރަށް ތިންއަހަރު: މިއީ ވަޢުދު ފުއްދުން ހަލުވި ކުރަންވީ ވަގުތު: ޣައްސާންޣައްސާން މައުމޫން
News

ސަރުކާރަށް ތިންއަހަރު: މިއީ ވަޢުދު ފުއްދުން ހަލުވި ކުރަންވީ ވަގުތު: ޣައްސާން

މމުހައްމަދު އަލީNov 18, 2026

ޕީއެންސީ ސަރުކާރަށް ތިން އަހަރު ފުރުނީއެވެ. އެން ފާހަގަ ކުރުމުގެ ގޮތުން ރޭ ޖަލްސާވެސް ބާއްވައިފިއެވެ. ފާއިތުވި ތިން އަހަރު ސަރުކާރުން ހޯދައިފައިވާ ކުރިއެރުންތައް މިޖަލްސާގައި ސީދާ ރައީސް ވަނީ ވިދާޅުވެދެއްވައިފައެވެ.

ސަރުކާރަށް ތިން އަހަރުފުރުމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވެސް ވަނީ ތަހުނިތާ ދަންވައިފައެވެ. އޭނާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އެންމެހާ ރައްޔިތުންނަށްވީ ވަޢުދުތައް ރަނުން ރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތު ކަމަށެވެ.

"ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ކުރި ކެންޕެއިނުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން މި ފިކުރަށް ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރުދަންނަވަމެވެ. މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތެވެ. އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވަޢުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތެވެ." އޭނާ ވިދާޅުވެފައިވެއެވެ.

ޣައްސާން ވިދާޅުވީ މިއީ ޕާޓީގެ ޤައުމީވަންތަ އަސާސްތަކާއި ވަޢުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރަންވީ ވަގުތު ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މެދުގައި ޕީއެންސީ ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Related News