ދިވެހި|English Nov 18, 2026 · 14:59
Top banner
Advertisement
ނައިފަރުގައި ހިންގި ވާޓިކަލް ފާމިން ތަމްރީން ޕްރޮގްރާމް ނިންމާލައިފި
News

ނައިފަރުގައި ހިންގި ވާޓިކަލް ފާމިން ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހިރި ނިއުސްހިރި ނިއުސްNov 18, 2026

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ޅ. ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ކުރިޔަށް ގެންދިޔަ ވާޓިކަލް ފާމިން އަދި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފި ކަމަށް އެ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޖުމްލަ 36 މީހަކު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މިތަމްރީން ޕްރޮގްރާމަކީ ވަރޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މަޢުލޫމާތާއި ހުނަރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ،އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ތަމްރީން ތަކެއް ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމި، ބައިވެރިންނަށް ސެޓްފިކްޓް ދިނުމުގެ ރަސްމިއްޔާތު ވެސް މިހާރުވަނީ ބާއްވައިފައެވެ.

ސްކޫލުކުދިންނާއި ދަނޑުވެރީން ބައިވެރިވި، މި ތަމްރީނުތަކުގައި ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވަރޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

މި ފްރޮގްރާމްގެ ތެރެއިން ބައިވެރިން އަމަލީގޮތުން ސިސްޓަމްތަކުގައި މުޑުވަށްކުރި ތަކެތި މިހާރުވަނީ ވަނީ ކަނޑާފައެވެ.

ނައިފަރުގައި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ،ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިންގުނު 'ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ' ގެ ދަށުންނެވެ.

Related News