ދިވެހި|English Nov 18, 2026 · 14:59
Top banner
Advertisement
މަސްވެރީންގެ ދުވަސް: ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިފި
News

މަސްވެރީންގެ ދުވަސް: ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިފި

މމުހައްމަދު އަލީNov 18, 2026

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 5 ވާ ހޮނިހިރު ދުވަހު އެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިފައިވާ މުބާރާތެކެވެ.

މާލެސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 23 ނޮވެމްބަރ 2026 ގެ 13:00 ގެ ކުރިން މަސްވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައިވެސް ފަރުމަސްވެރިކަމުގެ މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީނިންމާފައެވެ. އެގޮތުން މިހާރުވަނީ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑާއި، އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތުވެސްހުޅުވާލާފައެވެ.

Related News