ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
Photo
News

މެންބަރު މައުރޫފު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީDec 13, 2025
ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަނުން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު (މަޓޭ) ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްފިއެވެ. މިހަރަކާތުގައި އިސްކޮށްއުޅޭ އާދަމް ސަލީމް (އެޑަމް) ބުނީ މަޓޭ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ހައްޔަރު ކުރަން ފުލުހުން މަސައްކަތްކުރި ވަގުތު ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްކަމަށެވެ. "އޭނާ ހައްޔަރުކޮށްފައިވަނީ ސިޑިމަތިން ދަމާފައި ގަދަކަމުން. އެވަގުތު ވަނީ އަނިޔާވެފައި،" އޭނާ ބުނީ މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ބިދޭސީންނަކީ ވޯކްޕާމިޓާ އެކު މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށެވެ. އެމީހުން ރަޖިސްޓްރީވެފައި އޮންނާނީ ވެސް އެމީހަކު މަސައްކަތްކުރާ ދޯނީގައި ކަމަށް އޭނާ ބުންޏެވެ. "އެހެންވީމާ ދޯނިދާ ކޮންމެ ތާކަށް އެމީހުންދާނެ. ހަޅުތާލުނުކޮށް ތިއްބާ އެމީހުން ހައްޔަރު ކުރުން ބަލައެއް ނުގަނެވޭ. ބިދޭސިން ހައްޔަރުކުރީ އިހުތިޖާޖު ރޫޅާލުމަށް ހުއްޖަތެއް ނުވަތަ ސަބަބެއް ދެއްކުމުގެ ގޮތުން،" އޭނާ ބުންޏެވެ. އޭނާގެ ލޯޔަރު މުހައްމަދު ނިޝާން ވިދާޅުވެފައިވަނީ މަޓޭއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކޮޅަށް ހުންނަންވެސް ދަތިކަމަށެވެ. މިހާރު އޭނާއަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އެޑުމިޓްކޮށްގެން ފަރުވާދޭން ޖެހިދާނޭ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށްވެސް ލޯޔަރު ވިދާޅުވެފައިވެއެވެ. މައުރޫފް ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދަށް އިއްޔެވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

Related News