ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ރައީސް ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ
News

ރައީސް ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ

އއިބްރާހީމްް ސަމީރުDec 15, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބުދަ ދުވަހުގެ ރޭ (17 ޑިސެމްބަރު) ގައި ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ އެވެ. ރައީސް އޮފީހުގެ އިސް ތަރުޖަަމާނު، އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،:
"މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް" ކަމަށެވެ.
މި ބައްދަލު ކުރެއްވުން އޮންނާނީ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ވިޔަފާރިވެރިންނަށް ވަނީ ދައުވަތު އަރުވާފައެވެ.

Related News