ދިވެހި|English Jul 10, 2026 · 01:32
Top banner
Advertisement
އަޑިއަށްދިޔަ ދޯންޏެއްގައިހުރި މީހަކު ސަލާމަތްކޮށްފި
News

އަޑިއަށްދިޔަ ދޯންޏެއްގައިހުރި މީހަކު ސަލާމަތްކޮށްފި

މމުހައްމަދު އަލީDec 16, 2025
ށ. ފުނަދޫއިން ފުރައިގެން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށްދިޔަ ވަގުތު އޭގައި ހުރި ހަމައެކަނި މީހާ ސަލާމަތް ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަކީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ސަލާމަތްކޮށްފައިވަނީ ފީވަކު ކައިރީ ކަނޑު މަތީން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ފެނުނީ އެސަރަހައްދު ހޯދަމުންދިޔަ ފުލުހުންގެ ލޯންޗަށެވެ. ފުލުހުން މިހާރުވަނީ އެމީހާ ފީވަކަށް ގެންގޮސްފައެވެ. މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2025 ޑިސެމްބަރު 16 ވަނަ ދުވަހުގެ 11:50 އެހާކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިހިސާބަށް ބެލި ބެލުމުން އެދޯނިން ދަތުރުކޮށްފައިވަނީ އެމީހާ އެކަނިކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. "މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވޭ. މިމީހާއަކީ 68 އަހަރުގެ ފިރިހެނެއް. އެމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައި. މީހާގެ ހާލު ރަނގަޅު،" ފުލުހުން ވިދާޅުވެފައިވެއެވެ. މި ދޯނީގެ ބައެއް ތަކެތި މިހާރު އޮޔާދާ ކަމަށާއި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Related News