ދިވެހި|English Aug 24, 2026 · 09:29
Top banner
Advertisement
ސްޕާތަކުން ހަތަރު ބިދޭސީއަކު އަތުލައިގެންފި
News

ސްޕާތަކުން ހަތަރު ބިދޭސީއަކު އަތުލައިގެންފި

އއަހުމަދު މުހައްމަދުDec 18, 2025
މާލޭގައި އިއްޔެ ހިންގު އޮޕަރޭޝަނެއްގައި ދިހަ ސްޕާ/ސެލޫން ބަލައި ފާސްކޮށް ހަތަރު ބިދޭސީއަކު އަތުލައިގެންފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މިއީ އެފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. "ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށް، 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން ބައެއް ތަންތަން ވަނީ ބަންދުވެސް ކޮށްފައެވެ.

Related News