ދިވެހި|English Jul 9, 2026 · 17:33
Top banner
Advertisement
ފެނަކަ މުވައްޒަފުންގެ ތައުލީމީ ސެޓުފިކެޓުތައް ފޮނުވަން އަންގައިފި
News

ފެނަކަ މުވައްޒަފުންގެ ތައުލީމީ ސެޓުފިކެޓުތައް ފޮނުވަން އަންގައިފި

ޑޑރ. މުޙައްމަދު ޤުބާދުSep 21, 2024
ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗުތަކެއްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ތައުލީމާއި ތަމްރީންތަކާބެހޭ ސެޓުފިކެޓު ސެޕްޓެމްބަރު ބާވީސްވަނަ ދުވަހުގެ މެންދުރުފަހު ދެގަޑި ސުންމިނިޓުގެ ކުރިން ފޮނުވުމަށް ފެނަކަ އިންސްޓިޓިއުޓު ފޯރ ޓްރައިނިން އެންޑް ރިސަރޗުން ހުރިހާ ބްރާންޗު ތަކަށް އަންގައިފިއެވެ. އެތަނުގެ އެސިސްޓެންޑް ޑީން ހައްވާ އަލިއްޔާ ސޮއިކުރަވައި ނެރެފައިވާ އިންޓަރނަލް މެމޯއެއްގައި ބުނެފައިވަނީ އެމްކިޔުއޭ ލެވެލްގެ ސެޓްފިކެޓުތައް ފޮނުވަންވާނީ އެޓެސްޓް ސްކޭން ކޮޕީއެއް ކަމަށެވެ. އެއްވެސް މުވައްޒަފަކު ސައްހަނޫން މައުލޫމާތެއް ނުވަތަ ސެޓުފިކެޓެއް ދީފި ކަމަށްވާނަމަ އެ މުވައްޒަފަކާމެދު ގަވާއިދުން ފިޔަވަޅުއަޅާނޭ ކަމަށް މެމޯގައި ބުނެފައިވެއެވެ. އެ ބްރާންޗެއްގެ މުވައްޒަފުންގެ ސެޓުފިކެޓުތައް ސްކޭން ކުރުމަށްފަހު ހުރިހާ މުވައްޒަފުންގެ ސެޓުފިކެޓުތައް ފޮނުވަންވާނީ ޒިޕްފައިލެއްގެ ގޮތުގައި ކަމަށް ވެސް މެމީގައި ވަނީ ބުނެފައެވެ. ކުންފުނީގެ މުވައްޒަފުންގެ ސެޓުފިކެޓުތައް މިހޯދަނީ ކީއްވެ ކަމެއް މެމޯގައި ބުނެފައެއް ނުވެއެވެ. ފެނަކަ އިންސްޓިޓިއުޓު ފޯރ ޓްރައިނިން އެންޑް ރިސަރޗުން މިގޮތަށް އަންގާނީ އެކަށީގެންވާ ސެޓުފިކެޓުނެތް މީހުންނަށް ތައުލީމާއި ތަމްރީން ދިނުމަށް ކަމަށް ބެލެވެއެވެ.

Related News