ދިވެހި|English Aug 24, 2026 · 09:29
Top banner
Advertisement
ދިޔަވަމުންދިޔަ ލޯންޗަކަށް ކޯސްޓުގާޑުންގެ އެހީދީފި
News

ދިޔަވަމުންދިޔަ ލޯންޗަކަށް ކޯސްޓުގާޑުންގެ އެހީދީފި

މމުހައްމަދު އަލީDec 21, 2025
ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ "ރެފްކޫލް އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ވަނީ ލޯންޗު އޮތް ސަރަހައްދަށް ގޮސް، ލޯންޗުން ދިޔަހިއްކުމުގެ މަސައްކަތް ވަނީކޮށްފައެވެ. އަދި، ލޯންޗު ދިޔަވަމުންދާ ސަބަބު ދެނެގަނެ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ސިފައިން ވަނީ ލީކުވަމުންދާ ސަރަހައްދު ބެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ލޯންޗުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި، އެ މަސައްކަތް ނިންމާލާފައިވަނީ ރޭ 20:45 ހާއިރުއެވެ. މިއީ ރޭ ހިނގި ހާދިސާއެކެވެ.

Related News