ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި
News

ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި

މމުހައްމަދު އަލީDec 22, 2025
ކ. ނަކައްޗާފުށީގެ ހުޅަނގުދެކުނުން އަރިއަތޮޅާ ދިމާއަށް ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ. މިއީ ނަކައްޗާފުށި ކައިރީ ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށެވެ. އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ވިދާޅުވެފައިވެއެވެ. ހޮޅިލައިން ޑްރެޖަރާ ވަކިވެ އޮޔާދާން ޖެހުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

Related News