ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
އެމްޑީޕީގެ ވިސްނުމަށް އެންމެބޮޑު ޝައުގުވެރިކަމެއްދޭ އެއްބަޔަކީ މަސްވެރީން: ސައްޕެ
News

އެމްޑީޕީގެ ވިސްނުމަށް އެންމެބޮޑު ޝައުގުވެރިކަމެއްދޭ އެއްބަޔަކީ މަސްވެރީން: ސައްޕެ

މމުހައްމަދު އަލީDec 22, 2025
އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ހަރަކާތްތަކަށް އެންމެބޮޑު ސަމާލުކަމާއި ޝައުގުވެރިކަން ދެއްވާ އެއްބަޔަކީ މަސްއޮޑިފަހަރުގެ ކެޔޮޅުންނާއި މަސްވެރިން ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރު އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީ ބައިބައި ވިޔަނުދީ އެޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތުގައި އުޅުއްވަމުން ގެންދަވާ ސައްޕެ ވިދާޅުވީ މިހާރުވެސް އެޕާޓީއަށް ތާއިދުކުރާ ވަރަށްގިނަ މީހުން އެބަތިބި ކަމަށެވެ. އެހެން ކަމުން ޕާޓީއަށް ދިމާވި ހާލަތުން އަރައިގަނެ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތަށް ފައްކާ ވުމަށްޓަކައި މިހާރު ދުރަށްގޮސް ތިބި މީހުން އަލުން ޕާޓީއާ ގުޅުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސައްޕެ ވަނީ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށް ސަލާން ކުރުމުގެެ ހަރަކާތެއްވެސް ފަށައިފައެވެ. އޭނާ ވިދާޅުވީ އެފަދަ މަސައްކަތްތަކުން ޕާޓީއަށް އިތުރުފައިދާ ލިބިގެންދާނޭ ކަމަށެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީއަކީ އެންމެންގެ ޕާޓީއެއް ކަމަށެވެ. "އެއީ ހުރިހާ އުމުރެއްގެ ހުރިހާ ފިކުރެއްގެ މީހުންގެ ޕާޓީ،" އޭނާ ވިދާޅުވިއެވެ. އޭނާ އެންމެބޮޑަށް ފާހަގަކުރާ އެއްކަމަކީ ރައީސް ނަޝީދާއި ރައީސް ސާލިހު ޕާޓީގެ އިސްސަފަށް ނެރުއްވުމެވެ. ޕާޓީގެ ވަރުގަދަކަމާއި ހަކަތަ ފެނިގެންދާނީ އެހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.

Related News