ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ކައުންސިލް އިންތިޚާބު: އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއްނެތް: އުމަރު
News

ކައުންސިލް އިންތިޚާބު: އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއްނެތް: އުމަރު

މމުހައްމަދު އަލީDec 26, 2025
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި މާލޭސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައިފައިވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރަކީ 2028 ވަނައަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މިހާރުވެސް ކެންޕޭން ކުރަމުންދާ ބޭފުޅެކެވެ. މީގެ ކުރީން އަޑުއިވިފައިއޮތީ ޕީއެންއެފްއިން ވާދާކުރާ ކެންޑިޑޭޓު ޒަރިޔަންދަށް އުމަރު ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އުމަރު ތާއީދުކުރާ ކެންޑިޑޭޓަކާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މާލޭސިޓީއަށް ވާދަކުރަމުންދާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނޭ ކަމަށެވެ.  

Related News