ދިވެހި|English Aug 24, 2026 · 09:41
Top banner
Advertisement
ފާއިތުވި 48 ގަޑިއިރުތެރޭ މާލެއިން ފަސް އުޅަނދެއް ޓޯވކޮށްފި
News

ފާއިތުވި 48 ގަޑިއިރުތެރޭ މާލެއިން ފަސް އުޅަނދެއް ޓޯވކޮށްފި

މމުހައްމަދު އަލީDec 30, 2025
ފާއިތުވިސް 48 ގަޑިއިރުތެރޭ މާލެއިން ފަސް އުޅަނދެއް ޓޯވކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެވަގުތުތަކުގައި 44 އުޅަނދެއް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. މިއީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 432 ފަހަރު ބަލައިފާސްކޮށް، 160 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލް 14 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Related News