ދިވެހި|English Aug 24, 2026 · 08:38
Top banner
Advertisement
ސައިކަލު ޕޮކެޓުގައި ބޭއްވުނު ފޯނެއް ފުލުހުން ހޯދައިފި
News

ސައިކަލު ޕޮކެޓުގައި ބޭއްވުނު ފޯނެއް ފުލުހުން ހޯދައިފި

މމުހައްމަދު އަލީSep 23, 2024
ދިދި ގޯޅީގައި ސައިކަލް ޕާކުކުރުމަށްފަހު ހަނދާންނެތިގެން އޭގެ ޕޮކެޓުގައި  ބޭއްވުނު ބައްތިރީސް ހާސްރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރ އެކާވީސް ވަނަދުވަހު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު އެ މޮބައިލް ފޯން ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެގޮތުން ސީސީޓީވީ ފުޓޭ ބަލައި ފޯންނެގި މީހާ ދެނެގަނެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ދެނެގަތުމަށްފަހު ގަލޮޅު ޕޮލިސްގެ ފުލުހުންކުރި މަސައްކަތުން ފޯން ހޯދައި ވެރިފަރާތާ މިހާރު ވަނީ ފޯން ހަވާލުކޮށްފައެވެ. ފޯން ނެގި މީހާ މިހާތަނަށް ބަންދުކޮށްފައެއް ނުވެއެވެ.

Related News