ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
ހެދުން އެޅުމުގެ ގަވައިދަށް ގެނައި އިސްލާހަށް އަދާލަތުން ތާއިދުކޮށްފި
News

ހެދުން އެޅުމުގެ ގަވައިދަށް ގެނައި އިސްލާހަށް އަދާލަތުން ތާއިދުކޮށްފި

މމުހައްމަދު އަލީJan 5, 2026
ސިވިލްސާވިސް މުވައްޒަފުން ހެންދުން އެޅުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަދާލަތު ޕާޓީން ތާއިދު ކޮށްފިއެވެ. އެޕާޓީން ބުނެފައިވަނީ ގަވައިދަށް ގެނައި ބަދަލަކީ ހެޔޮބަދަލެއް ކަމަށެވެ. އޭގެ އެންމެ ފުރިހަމަ ކަމާހަމައަށް ނުދެވުނުނަމަވެސް މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތްތެރިކަމަށްޓަކައި އެޅުނު ފިޔަވަޅެއްގެ ގޮތުގައި އަދާލަތުން ވަނީ ސިފަކޮށްފައެވެ. "އެންމެ ފުރިހަމަގޮތަށް ނުކުރެވުނުނަމަވެސް ރަނގަޅުގޮތާ ގާތްކުރާ ހެޔޮބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަމެވެ. އަދާލަތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާކަމެއް އެންމެ ފުރިހަމަގޮތުގައި ތަރުތީބުކޮށްދޭ ދީން ކަމަށެވެ. އެގޮތުން ހެދުން އެޅުމުގެ މިންގަނޑުތަކަކީ ވެސް އިސްލާމީ ތަރުބިއްޔަތައި އަޚްލާގުގެ ވަރަށް މުހިންމު ބައެއް ކަމަށް ވިދާޅުވެފައިވެއެވެ. "އިސްލާމްދީނުގައި ހެދުން އެޅުމުގެ މަގުސަދަކީ ހަމައެކަނި ފިނިހޫނު މިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއްނޫނެވެ. އޭގެ އެންމެބޮޑު މަގުސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރި ކުރުމެވެ." އައުރަ ނިވާކޮށްގެން އުޅުމަކީ އަންހެނުންނަށާއި ފިރިހެނުންނަށްވާ ރައްކާތެރި ކަމެއް ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

Related News