ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އިގްތިސާދީ މަރުކަޒަކަށް ދިއްދޫ ހެދިދާނެ: ޝަރީފް
News

އިގްތިސާދީ މަރުކަޒަކަށް ދިއްދޫ ހެދިދާނެ: ޝަރީފް

މމުހައްމަދު އަލީJan 6, 2026
ހއ. ދިއްދޫގައި އެއާޕޯޓު އަޅައި ނިމި ޚިދުމަތް ދޭން ފެށުމުން އެރަށް އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ހުޅުވިގެންދާނޭ ކަމަށް އެމްއޭސީއެލްގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އެރަށުގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި  ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ލިބިގެން މިދަނީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެން ކަމުން އެފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައިކޮށް އެރަށަކީ ސަރަހައްދީ އިގްތިސާދީ މަރުކަޒަކަށް ހެދުމަށް އެރަށުގެ ރައްޔިތުން މަސައްކަތް ކުރުމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިންހިއްކުމަށް އިއްޔެ ފެށި މަޝްރޫއު (އެއްވެސް އިތުރު ކަމެއް ދިމާނުވާނަމަ) ތަވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަށް ނިންމަވާނޭ ކަމަށެވެ. އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެކުންފުންޏާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ނިންމެވުމަށް އެކުންފުނިން ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. އެކުންފުންޏަށް އިތުބާރު ކުރައްވައި ރައީސް އެމަސައްކަތްތައް ހަވާލު ކުރެއްވި ކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Related News