ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ގޯއްޗާއި ފުލެޓާބެހޭގޮތުން ސައްޕެގެ ސުވާލު ތަކެއް!
News

ގޯއްޗާއި ފުލެޓާބެހޭގޮތުން ސައްޕެގެ ސުވާލު ތަކެއް!

މމުހައްމަދު އަލީFeb 1, 2026
ގޯއްޗާއި ފުލެޓު ދޭނޭކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކާމެދު މި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު އެމްޑީޕީގެ ފައުންޑަރިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ސުވާލުތަކެއް ކުރައްވައިފިއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައީ ގޯއްޗާއި ފުލެޓް ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ގޯއްޗާއި ފުލެޓް ދޭނެކަމަށް ވައުދުވެ އެވާހަކަ އެތައްފަހަރަކު ދައްކައިގެން ރައްޔިތުންނަށް ޔަގީންކަން ދީގެން ކަމަށެވެ. އެހެންނަމަވެސް "ވެރިކަމަށް އައިސް އެކަންތައް ކުރިއަށް ނުގެންގޮސް މިހާރު މިކުރަނީކީއްބާވައޭ ވިދާޅުވެ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ. "އާއިލީ ބޯހިޔާވަހިކަމޭބުނެ ކައުންސިލް އިންތިޚާބާ ދިމާކޮށް މިހަދާ މަކަރާހީލަތް ރައްޔިތުންނަށް ނޭނގޭނެބާ؟" މިފަދަ އަނދުނެއް އަޅުވައިގެން ރައްޔިތުންގެ ވޯޓު ސަރުކާރަށް ހޯދިދާނެބާ؟" އޭނާ ސުވާލު ކުރައްވާފައިވެއެވެ. އޭގެ އިތުރުން ވެސް ގޯއްޗާއި ފުލެޓް ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ ލިސްޓު ތަކުގައިވާ ، ގާތްގަޑަކަށް 50,000 މީހުންގެ ތެރެއިން މިދޮގުހަދާ ސަރުކާރަށް ވޯޓުދޭނީ ކޮންބައެއްބާ؟ ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ. "ޚާއްސަކޮށް ، އުތުރު ތިލަފަޅު ހިމަނައިގެން ގޯއްޗާއި ފުލެޓުލިބޭނެ ކަމަށް ލިސްޓްކޮށް ގެޒެޓު ކޮށްފައިވާ ފަންސާސްހާސް މީހުން ، ސަރުކާރުން އުތުރު ތިލަފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދާނަމަ މިސަރުކާރަށް ވޯޓުނުދިނުމަށް ގޮވާލަން،" އޭނާ ވިދާޅުވެފައިވެއެވެ.

Related News