ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ދެ ރައީސުން އެއްކޮށް ފެންނަން
News

އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ދެ ރައީސުން އެއްކޮށް ފެންނަން

މމުހައްމަދު އަލީFeb 5, 2026
އެމްޑީޕީގެ ހަރަކާތްތަކުގައި ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާއިރު ދެބޭފުޅުން އެއްކޮށް ވަޑައިގަންނަވަން އެމްޑީޕީގެ މެންބަރުން ބޭނުންވާ ކަމަށް އެޕާޓީގެ ފައުންޑަރ އަހުމަދު ޝަފީގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޕާޓީގެ ހަރަކާތްތަކަށް މިއިން ކޮންމެ ބޭފުޅަކު ރަށަކަށް ވަޑައިގެންނެވިޔަސް މަރުހަބާ ކިޔަން ނިކުންނަނީ އެބޭފުޅަކަށް ތާއިދު ކުރައްވާ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ހުރިހާ މެންބަރުން ނިކުންނަ ތަނެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "އެމްޑީޕީގެ ޙަރަކާތެއްގައި ދެ ރައީސުން ކުރެ ކޮންމެ ބޭފުޅަކު ރަށަކަށް ވަޑައިގަތަސް ނިކުންނަނީ އެމްޑީޕީ މެންބަރުންގެ ތެރެއިން އެ ބޭފުޅަކަށް ތާއީދުކުރައްވާ މެންބަރުން! އެރަށެއްގެ މުޅި އެމްޑީޕީ އެކުގައި ނިކުންނަތަނެއް ނުފެނޭ! އަތޮޅުތަކާއި ސިޓީއަކާ ރަށްތަކުގައި ތިބި އެމްޑީޕީ މެންބަރުން ގެ އެންމެ ބޮޑުއެދުމަކީ ދެރައީސުން އެކުގައި ރަށްރަށަށް ވަޑައިގެން ވަރުގަދަ ކެމްޕޭން ޙަރަކާތްތަކެއް ހިންގަވައިދެއްވުން،" އޭނާ ވިދާޅުވެފައިވެއެވެ. ސައްޕެ ވިދާޅުވެފައިވަނީ މެންބަރުން އެދޭގޮތަށް ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންގޮސް ދެއްވައިފިނަމަ، ﷲގެ އިރާދަފުޅާއެކު އެންމެންގެ މަސައްކަތުން ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރާނޭ ކަމަށެވެ.

Related News