ދިވެހި|English Aug 24, 2026 · 09:42
Top banner
Advertisement
މަސްތުވާތަކެއްޗާއެކު ނައިފަރުން ދެމީހަކު ބަންދުކޮށްފި
News

މަސްތުވާތަކެއްޗާއެކު ނައިފަރުން ދެމީހަކު ބަންދުކޮށްފި

މމުހައްމަދު އަލީFeb 8, 2026
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، ޢަބްދުﷲ ޞިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުޙައްމަދު ނަދީމް އަޙްމަދު (30އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިއްބައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 8.1 ގުރާމެވެ. "މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ."

Related News