ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
މަސްދޯންޏެއްގައި އަލިފާން ރޯވުން: ފަސްމީހަކަށް ފަރުވާދޭން ފަށައިފި
News

މަސްދޯންޏެއްގައި އަލިފާން ރޯވުން: ފަސްމީހަކަށް ފަރުވާދޭން ފަށައިފި

މމުހައްމަދު އަލީFeb 15, 2026
މަސްދޯންޏެއްގައި އަލިފާން ރޯވި ހާދިސާއެއްގައި އަނިޔާވި ފަސް މީހަކަށް ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މާލެ ގެނެސް ފަރުވާ ދެމުން ގެންދަނީ ދެ ދިއްވެއްސަކަށާއި ތިން ބިދޭސީއަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅެނދެއްގައެވެ. މިހާދިސާ ހިނގިއިރު ދޯނި އޮތީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރީގައެވެ. ދޯނީގައި އަލިފާން ރޯވިއިރު އޭގައި ޖުމްލަ 15 މީހުން ތިއްބެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:54 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.  

Related News