ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
ހޭންޑީ ވޯޓާ ބްރޭންޑުގައި ނުރައްކާ ޖަރާސީމުގެ އަސަރު
News

ހޭންޑީ ވޯޓާ ބްރޭންޑުގައި ނުރައްކާ ޖަރާސީމުގެ އަސަރު

އއިބްރާހީމްް ސަމީރުFeb 17, 2026
ހޭންޑީ ވޯޓާ ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އޮޓޯރިޓީން ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި، މި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫނެވެ. އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 550 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފުޅިތަކުން، ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ނުރައްކާތެރި ޖަރާސީމުގެ އަސަރު ވަނީ ފެނިފައެވެ. އެހެންކަމުން، އިތުރު ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ އެއްވެސް ފެނެއް ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.  

Related News