ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
އިސްލާމީ އުންމަތުގެ ބަދަހިކަން ރަމަޟާންމަހު އިތުރުވެގެންދާނެ: ރައީސް
News

އިސްލާމީ އުންމަތުގެ ބަދަހިކަން ރަމަޟާންމަހު އިތުރުވެގެންދާނެ: ރައީސް

މމުހައްމަދު އަލީFeb 18, 2026
މިއަދު މިފެށުނު ރަމަޟާންމަހަކީ އިސްމާލީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ ވިދާޅުވެ ވަކިވަކީން ފޮނުއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

Related News