ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ހުޅުމާލޭ މިސްކިތްތައް ކައިރީ ޕާކުކޮށްފައިވާ އުޅަނދު ނެގުމަށް އަންގައިފި
News

ހުޅުމާލޭ މިސްކިތްތައް ކައިރީ ޕާކުކޮށްފައިވާ އުޅަނދު ނެގުމަށް އަންގައިފި

މމުހައްމަދު އަލީFeb 18, 2026
ހުޅުމާލޭ މިސްކިތްތައް ކައިރީ ޕާކުކޮށް ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމަށް އޭގެ ވެރިފަރާތްތަކަށް ފުލުހުން އަންގައިފިއެވެ. މި އެންނގުމުގައި ފުލުހުން ވިދާޅުވެފައިވަނީ މިއީ ހުޅުމާލޭގެ މިސްކިތްތަކަށް އަންނަ ފަރާތްތަކަށް މިސްކިތް ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އަދި ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހައިން ޕާކުކުރެވޭނޭ އިންތިޒާމް ހަޖައްސައި ދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މި އުޅަނދުފަހަރު ނެގުމަށް ވަކި މުއްދަތެއް ފުލުހުން ދެއްވާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ "މިސްކިތް ހިމެނޭ ސަރަހައްދުތަކުގައި ގިނަދުވަސް ވަންދެން ޕާކުކޮށްފައިވާ އުޅަނދުފަހަރު ނަގައި ދެއްވުމަށް ދަންނަވަން،" ކަމަށެވެ.  

Related News