ދިވެހި|English Jul 10, 2026 · 02:15
Top banner
Advertisement
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހުުޅުމާލެއިން ދެމީހަކު ހައްޔަރު ކޮށްފި
News

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހުުޅުމާލެއިން ދެމީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީFeb 26, 2026
މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުﷲ ޢަފީފް (40އ) އާއި ތ. ތިމަރަފުށި / ލަކީހައުސް، ޞަފްވާން ޢަލީ (38އ)  ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު އެދެމީހުންގެ މައްޗަށް ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ގައެވެ. މި ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަފީފް، ހަތް ދުވަހަށް ބަންދު ކުރުމަށްވަނީ އަމުރު ކޮށްފައެވެ. ޞަފްވާން ޢަލީގެ ބަންދަށް ޖަހައިދިނީ 15 ދުވަސް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.  

Related News