ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ރާއްޖޭގެ ވައިނުސާފުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަނީ
News

ރާއްޖޭގެ ވައިނުސާފުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަނީ

މމުހައްމަދު އަލީFeb 26, 2026
ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. މި މަސައްކަތުގެ ތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މަޢުލޫމާތު ބަދަލުކުރުމާއި، ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމަށް ޚާރިޖިއްޔާއިން ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނޭކަމަށް ވެސް ވިދާޅުވެފައިވެއެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށާއި އިޤްތިޞާދާއި ސިއްހީގޮތުން ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

Related News