ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
ހޯމްމިނިސްޓަރުގެ ޢާއިލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް
News

ހޯމްމިނިސްޓަރުގެ ޢާއިލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް

މމުހައްމަދު އަލީFeb 27, 2026
ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި ޢުމުރުން ދިހައަހަރުގެ ކުޑަ އަންހެން ދަރިފުޅު މާލޭގެ މަގަކުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާއަށް ލައިފިއެވެ.
މި ޢަމަލުކޮށްފައިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބެއް ކަމަށްވާ އިބްރާހީމް ވަޙީދާއި ކުރީގެ ސްޓޭޓު މިނިސްޓަރ އަކްރަމް ކަމާލުއްދީން ކަމަށް މިނިސްޓަރ އިޙްސާން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްފައިވަނީ ފޭކު އެކައުންޓަކުން ކަމަށެވެ. "ޑިމޮކްރަސީއާއި، އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ކަމަށް އަމިއްލައަށް ދަޢުވާކުރާ މިފަދަ މީހުން މިހާ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގަނީ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ބައިބައިވުން އުފެއްދުމަށް އެމްޑީޕީން ގެންގުޅޭ ދަށުދަރަޖައިގެ ސިޔާސީ ސަގާފަތެއް ކަމަށެވެ. މިނިސްޓަރ މި ޕޯސްޓު ކުރެއްވުމުން އަކުރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ އެއީ އެނގިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އެފަދަ ތުހުމަތެއް ކުރެއްވީތީ ކޯޓުގައި އަބުރުގެ ދަޢުވާ ކުރައްވާނޭ ކަމަށް ވެސްވިދާޅުވެފައިވެއެވެ.

Related News