ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
މެދުއިރުމަތީ ހަނގުުރާމައާ ގުޅިގެން ރައީސް ޚާއްސަ ކޮމިޓީއެއް އުފައްދަވައިފި
News

މެދުއިރުމަތީ ހަނގުުރާމައާ ގުޅިގެން ރައީސް ޚާއްސަ ކޮމިޓީއެއް އުފައްދަވައިފި

މމުހައްމަދު އަލީMar 1, 2026
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިކަމާގުޅިގެން ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ހީނާ ވަލީދު ވިދާޅުވެފައިވަނީ، މިއީ، މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި އެކުލަވާލެއްވި ކޮމިޓީއެއްކަމަށެވެ. މިއަދު މެންދުރުފަހު އެކުލަވާލެއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
  2. މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
  3. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު
  4. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު
  5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން
  6. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން
  7. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
  8. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
  9. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އަދި މި ވުޒާރާތަކުން، ކަމާގުޅޭ އެންމެހައި މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުންގެންދަވާނޭކަމަށް، ސްޕޯކްސްޕަރސަން ވިދާޅުވެފައިވެއެވެ.

Related News