ދިވެހި|English Aug 24, 2026 · 09:42
Top banner
Advertisement
ރާއްޖޭގެ އެއަރޕޯޓަށް ޖެއްސީ ސިވީލިއަން އުޅަނދެއް: ރައީސް
News

ރާއްޖޭގެ އެއަރޕޯޓަށް ޖެއްސީ ސިވީލިއަން އުޅަނދެއް: ރައީސް

މމުހައްމަދު އަލީMar 2, 2026
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ ހަނގުރާންމަތީ ބޯޓެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ އެއީ ސިވީލިއަން އުޅަނދެއް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސިކަމަށް ދެކެވެމުންދާ ވާހަކަ ރައްޔިތުންނަށް ސާފުކޮށް ދެއްވުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ ތަފާތު ވާހަކަ ދައްކައިފައެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއީ ސިވިލިއަން އުޅަނދެއް ކަމަށާއި، އެބޯޓު ރާއްޖެއަށް އައީ ޖަނަވަރީ ސަތާރައިގައި ހުއްދަ ނަގައިގެން ކަމަށެވެ. އެއީ ސީޝެލްސް އިން ފުރައިގެން އައިސް، ރާއްޖޭގައި މަޑުކުރުމަށްފަހު ތައިލެންޑަށް ދިޔަ އުޅަނދެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Related News