ދިވެހި|English Aug 24, 2026 · 09:47
Top banner
Advertisement
ޕީއެންސީގެ، ގަލޮޅު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ހުޅުވުން މިރޭ
News

ޕީއެންސީގެ، ގަލޮޅު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ހުޅުވުން މިރޭ

މމުހައްމަދު އަލީMar 3, 2026
ޕީއެންސީގެ، ގަލޮޅު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުން މިރޭ އޮންނާނެއެވެ. ހަރަކާތް އޮންނާނީ ގ. ހެޕީސައިޑް (ހުސްނުހީނާ މަގު) އެވެ. ރަސްމިއްޔާތު ފަށާނީ 21:30 ގައެވެ. މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އެހެން ކަމުން "ކޮންގްރެސް ޕާޓީގެ ލޮބުވެތި މެންބަރުންނާއި މިޕާޓީއަށް ތާއީދު ކުރައްވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަން،" އެޕާޓީން ބުނެފައިވެއެވެ. ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ އިންތިޚާބަށް އެޕާޓީން ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ކެންޕޭން ކުރުމަށް އެކަމަށް ބޭނުންވާ ޖަގަހަތައް މާލެއާއި ރަށްރަށުގައި އެޕާޓީން ގެންދަނީ ހުޅުވަމުންނެވެ.  

Related News