ދިވެހި|English Aug 24, 2026 · 08:39
Top banner
Advertisement
ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
News

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މމުހައްމަދު އަލީMar 13, 2026
ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ކަމަށެވެ."ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ފުލުސް މީހާ އަށް އަނިޔާކޮށް ޒަޚަމްކޮށްފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ. މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. "މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގައި ދަންނަވަމެވެ." ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރައްވާނޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިކަންކުރީ ކޮންބައެއް ކަމާއި ކީއްވެގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. މިހާދިސާ ހިނގާފައިވަނީ މިރޭކަމަށް އެނގިފައިވެއެވެ.  

Related News