ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
މަސައްކަތް މިކުރަނީ ހަނގުރާމަ ހުއްޓުވައިި ރައްޔިތުން އަނބުރާ ގެނެވޭތޯ: ލުބްނާން
Uncategorized

މަސައްކަތް މިކުރަނީ ހަނގުރާމަ ހުއްޓުވައިި ރައްޔިތުން އަނބުރާ ގެނެވޭތޯ: ލުބްނާން

ޟޟަމްރަތު އަހްމަދުMar 13, 2026
އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ލުބްނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ލުބްނާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ހަނގުރާމަ ހުއްޓުވަން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެގައުމަކީ އެހެން މީހުންގެ ހަނގުރާމަތަކަށް ހުޅުވާލެވިފައިވާ ގައުމެއްނޫން ކަމަށެވެ. އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ އަވަށްތަކުން ގެދޮރު ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީތެރިކަންދީ ހިމާޔަތް ކުރަން މަސައްކަތް ކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޮޑުވަޒީރު ވިދާޅުވީ ލުބުނާނުން މަސައްކަތް ކުރަނީ ހަނގުރާމަ ހުއްޓުވުމަށް ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން އަވަށްތައް ދޫކޮށްދާ މީހުން ރައްކާތެރި ކަމާއެކު އެނބުރި އެމީހެއްގެ ގެއަށް އައުމުގެ ފުރުސަތު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

Related News