ދިވެހި|English Jul 10, 2026 · 03:09
Top banner
Advertisement
މިއަހަރުވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެ!
News

މިއަހަރުވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެ!

އއިބްރާހީމްް ސަމީރުMar 16, 2026
މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަޙައްދުގެ 28 މިސްކިތެއްގައި ކުރާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ އޭގެ އިތުރުން ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ވެސް ޢީދު ނަމާދު ކުރާނޭ ކަމަށް ވިދާޅުވެފައިވެއެވެ. މިސްކިތްތަކާއި ސަރަހައްދު ތަކުގެ މައުލޫމާތު ވެސް މިހާރުވަނީ ހާމަކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނެއެވެ. އަދި ވިލިމާލޭގެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތް އޮންނާނޭ ކަމަށް ވިދާޅުވެފައިވެއެވެ. ހުޅުމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ދެ ސަރަޙައްދެއްގައެވެ. އެއީ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކްގައާއި، ފޭސް ދޭއްގެ މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ. ހުޅުމާލޭގެ މިސްކިތްތަކަށް ބަލާއިރު، ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދިޤާ އަދި މަސްޖިދުލްވާލިދައިނިގައި ޢީދު ނަމާދު ކުރާނެއެވެ. ފޭސް ދޭއްގައި ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ޢީމާން އަދި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައެވެ. ޢީދު ނަމާދު ކުރާ ވަގުތަށް ގެނެސްފައިވާ ބަދަލާއެކު، މިހާރު ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.  

Related News