ދިވެހި|English Jul 10, 2026 · 01:30
Top banner
Advertisement
ގުދަނުގައި ރޯވި އަލިފާން ނިއްވާލައިފި
News

ގުދަނުގައި ރޯވި އަލިފާން ނިއްވާލައިފި

މމުހައްމަދު އަލީMar 19, 2026
މާފަންނު ކައިރު ގޭގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާން މިހާރުވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އަލިފާން ނިއްވާލެވިފައިވަނީ ރޭ 11:30 އެހައިކަންހާއިރުއެވެ. އަލިފާން ނިއްވާލެވިފައިވަނީ ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާ ލޮރީގެނެސްގެނެވެ. އެތަނުގައި ރޯވެފައިވަނި ރޭ 9:30 އެހައިކަންހާއިރުއެވެ. އެ ގުދަނުގައި ހުރީ ގަސްކާނާއާއި ނުރައްކާތެރި ކެމިކަލެވެ. އެތަނުގައި އެހާ ބޮޑަށް ހުޅުހިފީ ކެމިކަލުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ. އަލިފާނާއި ދުމުގެ ސަބަބުން ހަތަރު ގެއަކުން މީހުން ހުސްކުރަންޖެހުނެވެ. ހަތަރުގެއިން 32 މީހަކު ވަނީ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާއަށް ވަގުތީގޮތުން ގެންގޮސްފައެވެ. މިހާދިސާގައި ދުމުގެ އަސަރުކޮށްގެން އެކަކަށްވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.  

Related News