ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ރާއްޖެއަށް އަންނަ ފަތުވެރިން އިތުރުކުރަން މަސައްކަތްކުރަނީ
News

ރާއްޖެއަށް އަންނަ ފަތުވެރިން އިތުރުކުރަން މަސައްކަތްކުރަނީ

މމުހައްމަދު އަލީMar 23, 2026
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގަލްފުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވަރަށް މަދުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އަނަން ފަތުރުވެރިން މިހާލަތުގައި މަދުވުމަކީ އިގްތިސާދަށް ލިބޭނޭ ހީނަރުކަމަކަށް ވާތީ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދެ ވިސާއެއް ފަތުރުވެރިންނަށް ތައާރަފް ކުރެވޭތޯ ބައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ބޭނުމަކީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރު ކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ރާއްޖެއިންދެމުން ގެންދާ ތިރީސް ދުވަހުގެ އޮންއެރައިވަލް ވިސާގެ މުއްދަތު އިތުރުކުރެވޭނޭ ގޮތެއް ބައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް "ރިމޯޓު ވޯކިންވިސާ" އާއި "ކޮންޓެންޓް ކުރިއޭޓަރ" ވިސާއެއް ތައާރަފް ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  "ކޮންޓެންޓް ކުރިއޭޓަރ" ވިސާއަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ވިސާއެކެވެ. "ރިމޯޓު ވޯކިންވިސާ" އަކީ ރާއްޖޭގައި ތިބެގެން ވަޒީފާގެ މަސައްކަތް ކުރެވޭގޮތަށް ހެދުމަށް ތައާރަފް ކުރާ ވިސާއެކެވެ.  

Related News