ދިވެހި|English Jul 10, 2026 · 01:39
Top banner
Advertisement
ރަށަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން: އިސްމާޢީލް
News

ރަށަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން: އިސްމާޢީލް

މމުހައްމަދު އަލީApr 6, 2026
އަބަދުވެސް ހުންނަވަނީ ފުވައްމުލައް ސިޓީއަށް ޚިދުމަތް ކޮށްދެވުމުގައި ކަމަށް އެ ސިޓީގެ މޭޔަރު ކަމަށް ދެވަނަ  ދައުރަކަށް އިންތިޚާބު ވެފައިވާ އިސްމާޢީލް ރަފީގު ވިދާޅުވެއްޖެއެވެ. ވަރުގަދަ ގޮންޖެހުންތައް ބޮޑު ކެންޕޭނަކަށްފަހު އިސްމާޢިލް އިންތިޚާބު ކާމިޔާބު ކުރެއްވީ ހިތްތިރިކަމާއި މަޑުމައިތިރިކަން އިސްކުރައްވައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވަމުންނެވެ. ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވީތީ އިސްމާޢީލް ވަނީ ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. "އަޅުގަނޑަށް އިތުބާރުކޮށް ކުރިއަށްއޮތް ފަސް އަހަރަށް ވެސް މޭޔަރުކަމުގެ ޒިންމާ ހަވާލުކުރުމަކީ އަޅުގަނޑަށް ލިބުނު އުފަލެއް އަދި ހިއްވަރެއް،" އިސްމާޢީލް ވިދާޅުވެފައިވެއެވެ. "މާތް الله ގެ އިރާދަފުޅުއާއެކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކީ، ރަށަށް ޚިދުމަތް ކޮށްދިނުމުގައި ހުންނާނޭ ކަމުގެ ޔަގީންކަން ފުވައްމުލަކު ރައްޔިތުންނަ ދެން،" އިސްމާޢީލް ވިދާޅުވެފައިވެއެވެ. މޭޔަރު ކަމުގެ ގޮނޑީގެ އިތުރުން އެމްޑީޕީ ވަނީ ފުވައްމުލައް ސިޓީގެ އިތުރު ހަތް ގޮނޑި ކާމިޔާބުކޮށްފައެވެ.

Related News