ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ގާދިއްފުށީ ބިންހައްކަން ފަށައިފި
News

ގާދިއްފުށީ ބިންހައްކަން ފަށައިފި

މމުހައްމަދު އަލީApr 11, 2026
ކޮޅުމަޑުލު ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފަށައިފިއެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި މަޝްރޫޢު ފެށުމާއެކު ރައީސްވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް އެވާހަކަ ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓު ގައި ރައީސް ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ދަށުން އެރަށަށް އޭގާރަ ހެކްޓަރުގެ ބިން އިތުރުވެގެންދާނޭ ކަމަށެވެ. https://twitter.com/MMuizzu/status/2042566014890840308 އެރަށުން ހިއްކަން ކަނޑައަޅާފައިވާ މިންވަރަށް ހިއްކުމަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އެމަނިކުފާނު ވަނީ ލަފާކުރައްވައިފައެވެ. ގާދިއްފުށީގެ ބިން ދިހަ ދުވަސްތެރޭގައި ހިއްކާނިމޭނޭ ކަމަށް ރައީސް ވަނީ އަންދާޒާ ކުރައްވައިފައެވެ. ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ މަޝްރޫއުތައް ފަށްޓަވަމުންނެވެ.

Related News