ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓުގައި އަލިފާން ހިފައިފި
News

ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓުގައި އަލިފާން ހިފައިފި

މމުހައްމަދު އަލީApr 12, 2026
ނ. އަތޮޅުގެ ރިސޯޓެއްކަމަށްވާ "ސޮނޭވާ ޖަނި ރިސޯޓު މޯލްޑިވްސް" ގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފާއި އެ ރިސޯޓު މުވައްޒަފުން ގުޅިގެން ކުރި މައްސަކަތުން މިހާރުވަނީ އަލިފާން ކޮންޓްރޯލްވެފައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު  ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލު ލިބުނު މިންވަރަކުން ހިއްސާކުރައްވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަލިފާން ރޯވެފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Related News