ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ފިޝަރީޒް މިނިސްޓަރަކަށް ޝިޔާމް އައްޔަން ކުރައްވައިފި
News

ފިޝަރީޒް މިނިސްޓަރަކަށް ޝިޔާމް އައްޔަން ކުރައްވައިފި

މމުހައްމަދު އަލީApr 15, 2026
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޭނާ މިމަގާމަށް އައްޔަން  ކުރެއްވީ މިއަދުއެވެ. އައްޔަން ކުރެއްވުމަށްފަހު ޝިޔާމްވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރު ކަމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ކުރެއްވުމަށް ރައީސް ވަނީ ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވައްވައިފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.  

Related News