ދިވެހި|English Aug 24, 2026 · 09:42
Top banner
Advertisement
ޗީފް ސްޕޯކްސްޕާސަން ކަމަށް މުޙައްމަދު ޙުސައިން ޝަރީފް
News

ޗީފް ސްޕޯކްސްޕާސަން ކަމަށް މުޙައްމަދު ޙުސައިން ޝަރީފް

މމުހައްމަދު އަލީApr 16, 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ބޭފުޅަކު އައްތަން ކުރައްވައިފިއެވެ. މިނިސްޓަރުންގެ ފެންވަރުގައި، އެމަގާމަށް އައްޔަން ކުރެއްވީ ކުރީގެ ސަފީރު، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. އޭނާ މިޤާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ. މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 އިން 2007 އަށް ކުރައްވައިފައެވެ. އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 އިން 2008 އަށް ވަނީ ފުރުއްވާފައެވެ.  އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.  

Related News